ވަޒީފާގެ ފުރުޞަތު
ނަންބަރު: GS191/IU/2016/03
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 20:27
ސުންގަޑި: 27 މާރިޗު 2016 13:00
މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޤުރްއާން)

އިޢުލާން

ރިލީފް ޓީޗަރ (ޤުރްއާން) ގެ ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:ރިލީފް ޓީޗަރ (ޤުރްއާން)

މަޤާމުގެ މުއްދަތު:3 (ތިނެއް) މަސްދުވަސް

ބޭނުންވާ އަދަދު:1 (އެކެއް)

މަޤާމް އޮތް އޮފީސް: މުކުރިމަގު ސްކޫލް، ލ. ގަން

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މުކުރިމަގު ސްކޫލް، ލ. ގަން - މުކުރިމަގު

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސިލަބަހާ އެއްގޮތްވާގޮތުގެމަތިން ދަރިވަރުންނަށް ކިޔަވައިދިނުން.
  • ސްކޫލުގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީލް އޮފް ވޯކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠާއި މުސާރަ ހަމަޖެހިފައިވާގޮތް:

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން.

-/4500 ރުފިޔާ

-/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން.

-/5500 ރުފިޔާ

-/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6090 ރުފިޔާ

-/2500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީ ފަދަ ޗުއްޓީތައް، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ކ- ވަޒީފާއަށް ކުރިމަތިލަނީ 18 އަހަރު ނުފުރޭ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރުމުގައި ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަވިއު:

ހ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަވިއު އޮންނާނީ، މި އިޢުލާނުގައިވާ ސުންގަޑި ހަމަވާ ތާރީޚުގެ 3 ދުވަހުގެ ފަހުން ލ. ގަމު މުކުރިމަގު ސްކޫލުގައެވެ. ނުވަތަ މި ސްކޫލުން ކަނޑައަޅާ ތަނެއްގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 27 ވާ އާދީއްތަދުވަހު 13.00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7970739 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016