ދިވެހިރާއްޖެ
އިޢުލާން
އަމިއްލަ ތަކެތީގައި 15 ކިލޯ ވޮޓްގެ ސޯލާ ޕަވަރ ސިސްޓަމެއް ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް
އަމިއްލަ ތަކެތީގައި 15 ކިލޯ ވޮޓްގެ ސޯލާ ޕަވަރ ސިސްޓަމެއް ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުގެ ނަންބަރު: GS52/IUL/2016/02ފ(15 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މާރިޗު 2016 ވާ ހޯމާ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.