ދިވެހިރާއްޖެ
އިޢުލާން
ލ.ކައްދޫގައި ތެޔޮ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ލ.ކައްދޫގައި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ތެޔޮ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތް: ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ޖޮއިންޓް ވެންޗަރ އުސޫލުން ލ.ކައްދޫގައި ތެޔޮ (ޕެޓްރޯލް / ޑީސަލް / އަދި ޖެޓް ފިއުލް) ވިއްކުން
މަޢުލޫމާތު ދިނުން: މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2016 މާރިޗު 27 ވަނަ ދުވަހުގެ 10:00 ގައި މިކުންފުނީގެ މާލޭ އޮފީހުގައި އޮންނާނެއެވެ.
އަންދާސީހިސާބު ހުށަހެޅުން: މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ 2016 އެޕްރީލް 3 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދުކުރެވިފައިވާ ސިޓީއުރައިގައި "EOI FOR KADHDHOO AIRPORT FUEL CONCESSION" ޖަހާފައި އޮންނަންވާނެއެވެ.
އެޑްރެސް ކުރާނީ:
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އަމީރު އަޙުމަދު މަގު
މާލެ / ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 3011734
ފެކްސް: 3011732
އީމެއިލް: [email protected]