ވަޒީފާގެ ފުރުޞަތު
ނަންބަރު: 331/2016/16
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 28 މާރިޗު 2016 14:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަސައްކަތުމީހެއްގެ ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އުސޫލުން މަސައްކަތްކުރުމުން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ އަތޮޅާއި ރަށް:

މާލެއަތޮޅު ގާފަރު

ފެންވަރު ނުވަތަ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރަށު ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި، މަގުމައްޗާއި، ރަށްވެހިގެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ދިއްލުންތައް ބެލެހެއްޓުމާއި، ފުރާޅު ސާފުކުރުން.

2. ރަށު ކައުންސިލް އިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.

3. ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުމާއި، ގޯތިތެރެ ސާފުކޮށް ތަރުތީބުން ބޭއްވުން.

4. ކައުންސިލް އިދާރާއިން އެކިފަރާތްތަކާއި ހަވާލުކުރަންޖެހޭ ތަކެތި ގެންގޮސް އެފަރާތްތަކާ ހަވާލުކުރުމާއި، މި އިދާރާއަށް ހާޒިރުވާން އަންގާ ފަރާތްތައް ހޯދައި، އެފަރާތްތަކަށް ހާޒިރުވާން އެންގުން.

5. ކައުންސިލް އިދާރާގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ، އެކަމާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

6. ކައުންސިލް އިދާރާ ޒިންމާވާގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށި ފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިއުމާއި، އެތަކެތި އެތަންތަނުން  ބަނދަރަށް ގެންދިއުން.

7. އެކި ތަންތާނގައި ބެހެއްޓޭ އިޢުލާނާއި އެންގުން ފަދަ ތަކެތި ބެހެއްޓުން.

8. ދިދަ ނަގައި، ދިދަ ތިރިކުރުން.

9. މީގެ އިތުރުންވެސް ރަށުކައުންސިލްގެ އިދާރާއިން އަންގަވާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް.

2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ބޭނުންވާ ސިފަތަކައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، އީމެއިލާއި ފެކުހުގެ ޒަރީޢާއިން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ސުންގަޑި:

މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 28 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން،  ވަޒީފާއަށް  އެދޭ  ފޯމާއި،  ބަޔާންކޮށްފައިވާ  ލިއުންތައް މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، 03 އޭޕްރީލް 2016 އާއި 7 އޭޕްރިލް 2016 އާ ދެމެދުގައި މާލެއަތޮޅު ގާފަރު ކައުންސިލް އިދާރާގައެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އިދާރާގެ 6641941 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016