ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-65-A/2016/16
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 22 މާރިޗު 2016 14:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ދިވެހި، ޕީ.އީ، ޕްރައިމަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ (ދިވެހި، ޕީ.އީ، ޕްރައިމަރީ)

ބޭނުންވާ އަދަދު: 3 (ތިނެއް)

ވަޒީފާ އޮތް އޮފީސް: ވިލުފުށީ ސްކޫލް

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ޝެކްޝަން، ވިލުފުށީ ސްކޫލް

ސަރވިސް

އެލަވަންސް

މަޤާމުގެ އަސާސީ

މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމް

މަހަކު -/1،500 ރުފިޔާ

މަހަކު -/4،500 ރުފިޔާ

ހ- ސާނާވީ ތަޢުލީމު ފުރިހަމަކޮށްފައިވުން (ގުރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ. އަދި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.)

-

-

ރިލީފް ޓީޗަރ

މަހަކު -/5،500 ރުފިޔާ

ށ- މަތީ ސާނާވީ ތަޢުލީމު ފުރިހަމަކޮށްފައިވުން (ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރިކަމަށް ބެލޭނެއެވެ.

މަހަކު -/2،500 ރުފިޔާ

މަހަކު -/6،090 ރުފިޔާ

ނ- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ޓެކްސްފޮތުގައިވާ މަސައްކަތުގެ އިތުރުން، ކުލާހުގައިވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ސުޕަވައިޒަރުންނާއި އެޗް. އޯ.ޑީން އަންގަވާ ގަވާއިދެއްގެމަތީން ލެސަންޕްލޭން ތައްޔާރުކޮށް، އެބޭފުޅުން ލައްވައި ޗެކްކުރުވުން.

- މުޅިއަހަރުގެ މުޤައްރަރު 2 ޓާމަށް ބަހައި ސްކީމް ތައްޔާރުކުރުން.

- ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި، ކިޔަވައިދިނުން އެއާ އެއްގޮތަށް ބައްޓަންކޮށް، މުޤައްރަރުގައިވާ ބައިތައް ހާސިލުކުރުން.

- ކުލާހަށް ދިއުމުގެ ކުރިން ކޮންމެ ދުވަހެއްގެ ލެސަނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި، ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމްކުރުމާއި، ކިޔަވައިދޭ ގަޑިތަކަކީ ފޮތް މާކުކުރާ ގަޑިތަކަކަށް ނުހެދުން.

- ކިޔަވައިދޭއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.

- ކިޔަވައިދޭ ފިލާވަޅާ ގުޅޭ ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުންކުރުން.

- ވީހައިވެސް ބޮޑަށް ކުދިން އުނގަންނައިދޭ ހަރަކާތްތަކުގައި ބައިވެރިކުރުވައިގެން އުނގަންނައިދިނުން.

- އިސްލާމް، ޤުރްއާން، ދިވެހި، ޕީއީ، ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުން އިނގިރޭސިބަހުން ވާހަކަދެއްކުމަށް ބާރުއެޅުން.

- ދިވެހިބަހުން ވާހަކަދައްކާ ގަޑިތަކުގައި ރީތި ދިވެހިބަސް ބޭނުންކުރުމަށް ބާރުއެޅުން.

- ދަރިވަރުންނަށް އެ ދަރިވަރުންގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިތްވަރު ދިނުން.

- ކިޔަވައިދޭ މާއްދާތަކަށް ދަށްކުދިން ފާހަގަކޮށް، ރިމީޑިއަލް ނެގުން.

- ކުދިންގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކިޔެވުމަށް ހުރަސްއަޅާފަދަ ކަމެއް ވޭތޯ ބަލައި، ސުޕަވައިޒަރުންނަށް އެކަން އެންގުން.

- މުދައްރިސް ދަރިވަރުންގެ ފެންވަރާމެދު ޒިންމާވާން ޖެހޭނެއެވެ.

- ރިޕޯޓް ފޮތުގައި ޓިޕެކްސް ނުޖެހުން.

- މުދައްރިސުން އެ މުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.

- ސެޝަނުގެ ފުރަތަމަ ބެލްޖެހުމާއެކު، ކްލާސް ޓީޗަރުން ކްލާސްތަކަށް ވަންނަންވާނެއެވެ.

- ކްލާސް ޓީޗަރުން ހާޒިރީ މާކްކޮށް، ހާޒިރީގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރަން ވާނެއެވެ.

- ހަވާލުކުރެވިފައިވާ ކުލާސްރެކޯޑްގައިވާ ބައިތައް ގަޑިންގަޑިއަށް ފުރިހަމަކުރުން.

- ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެ ކްލާހެއްގައި ހުންނަ މުދައްރިސެކެވެ.

- ކްލާސްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަން ނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެކުރިން އެ ގަޑިއެއްގައި ކުލާހުގައި ހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުން ލައްވާ ނަގައި ޑަސްބިނަށް އަޅަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

- ވީހައިވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބަލަންވާނެއެވެ.

- ކްލާސް ޓީޗަރުން، ކްލާހަށް ހާޒިރުނުވާ ދަރިވަރުންނާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަންވާނެއެވެ.

- ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެލުމުގެދަށުންނޫނީ ކްލާސް ދޫކޮށްލާފައި ގޮސްގެން ނުވާނެއެވެ.

- ކްލާހަށް ހާޒިރުވާންވާނީ، ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެގެން ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެންނެވެ.

- ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދޭ މަސައްކަތުގެ މައްޗަށެވެ.

- ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެފަރާތަކާ ހަވާލުވެފައިވާ ހަރަކާތެއް ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.

- ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙުކުރުމަށް މަސައްކަތްކުރުމާއެކު، ކަމާބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.

- ސްކޫލުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރަން ވާނެއެވެ.

- އެ މުދައްރިސެއްގެ ކިޔަވައިދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރަންވާނެއެވެ.

- ކިޔަވައިދޭ ގަޑީގައި ބޭކާރުގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.

- ހިންގަވާ ހުރިހާ ހަރަކާތްތަކެއްގެ ރެކޯޑް ބަލަހައްޓަން ވާނެއެވެ.

- ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެވަގުތަކު އެ ކްލާހުގައި ހުންނަވާ މުދައްރިސެކެވެ.

- ދަރިވަރުންގެ ކިބައިގައި ސާފުތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރަންވާނެއެވެ.

- ކިޔަވައިދިނުމާ ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

- ސްކޫލުގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރިގޮތުގައި ނޫނީ ބޭނުންނުކުރާށެވެ.

- ފަރުވާކުޑަކަމުން ސްކޫލުގެ އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، އެކަމުގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތު ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

4. ޕީ.އީ ޓީޗަރ ނެގުމުގައި ފިރިހެނަކަށް އިސްކަންދެވޭނެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

6. ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން.

ހުށަހަޅަންވީ ގޮތް:

2016 މާރިޗު 22 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ތ. ވިލުފުށީ ސްކޫލުގެ އިދާރާއަށެވެ.

ސުންގަޑި:

އިންޓަވިޔު އޮންނާނީ، 2016 މާރިޗު 23 އާއި 24 އާ ދެމެދުގެ މުއްދަތުގައި ތ. ވިލުފުށީ ސްކޫލުގައެވެ.

އިންޓަވިއު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7940633 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

5 ޖުމާދަލްއޫލާ 1437

14 މާރިޗު 2016