ދިވެހިރާއްޖެ
އިޢުލާން
ބީލަމުގެ އުސޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން
މި އިޢުލާނުގައި ހިމެނޭ ބ. އަތޮޅުގެ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.
1. ބ. ނެލިވަރުފިނޮޅު 11. ބ. ފިނޮޅުފަރު
2. ބ. ބަތަލާހުރާ 12. ބ. ދޮރުކަނޑު އުތުރުހުރާ
3. ބ. ބޯދާފުށީފިނޮޅު 13. ބ. ދޮރުކަނޑު ދެކުނުހުރާ
4. ބ. ކަށިދުއްފަރުފިނޮޅު 14. ބ. ގާވިލިގިލި
5. ބ. އަހިވައްފުށި 15. ބ. ގާގަނޑުފަރުހުރާ
6. ބ. އައިދޫ 16. ބ. ބޮއިފުށި
7. ބ. ވަންދުއްމާފަރުފިނޮޅު 17. ބ. މާއްޑޫހުޅުދޫ
8. ބ. ވިނަނެތްފަރުހުރާ 18. ބ. ދަންދޫ
9. ބ. މާފުށީފިނޮޅު 19. ބ. އުނޑޫދޫ
10. ބ. މެދުފިނޮޅުގާތުފިނޮޅު 20. ބ. ވެޔޮފުށި
ބިޑް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 2016 މާރިޗު 15 ވާ އަންގާރަ ދުވަހުން ފެށިގެން 2016 މާރިޗު 28 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް މި މިނިސްޓްރީންނެވެ.
ފޯމު ގަންނަން އެދޭ ފަރާތްތަކުން، ފޯމު ގަތުމަށް އެދި ހުށަހަޅާ ސްލިޕް "ވަރުވާއަށް ފަޅުރަށް ހޯދުމަށް އެދޭ ފޯމު ގަތުމަށް އެދި ހުށަހަޅާ ސްލިޕް" ފުރިހަމަ ކުރައްވާ މިނިސްޓްރީއަށް ހުށަހަޅުއްވަން ވާނެއެވެ. މި ސްލިޕް މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި www.fishagri.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ބިޑް ފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާ އެވެ.
ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނޭ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.
05 ޖުމާދަލްއާޚިރާ 1437