ދިވެހިރާއްޖެ
މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށި) އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، ޢާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭގޮތުން މި މިނިސްޓްރީގެ ނަންބަރު IUL)138-DS2/138/2016/13)ފ(8 މާރިޗު 2016) އިޢުލާނާގުޅޭ
މަތީގައި ހަވާލާދެވިފައިވާ އިޢުލާނާއެކު ދޫކުރާ މަޢުލޫމާތު ކަރުދާހުގެ ތިރީގައިމިވާ ނަންބަރުތަކަށް ވަނީ އިޞްލާޙު ގެނެވިފައެވެ.
1. ނަންބަރު 1 ގައި ފާހަގަ ކޮށްފައިވާ ފްލެޓްތަކުގެ މަޢުލޫމާތު ތިރީގައިވާގޮތަށް އިޞްލާޙުކުރެވިފައި:
- ރެހެންދި 1 – 3 ކޮޓަރި، 3 ފާޚާނާ (އެޓޭޗް)
- ރެހެންދި 3 – 3 ކޮޓަރި، 2 ފާޚާނާ (1 ކޮޓަރި އެޓޭޗް)
2. ނަންބަރު 7.1 އަދި 7.2 ގައި ފާހަގަ ކުރައްވާފައިވާ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ދޭ ލިޔުމެއްގެ ގޮތުގައި މި މިނިސްޓްރީން ގަބޫލުކުރާނީ ތިރީގައި މިދަންނަވާ ލިޔުމެވެ.
- ފްލެޓްގެ އަގު އެއްކޮށް އެއްފަހަރާ ދައްކަން ބޭނުންވާ ފައިސާ ހުރިކަމުގެ ބޭންކް ގެރެންޓީއެއް، 31 މާރިޗު 2016 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މި ގެރެންޓީއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ލިބިގެން ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ދޫކުރައްވާފައިވާ ގެރެންޓީއަކަށް ވާންޖެހޭނެއެވެ. (ބޭންކް ގެރެންޓީ ފޯމެޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި)
- ބޭންކް ގެރެންޓީ އޮންނަންޖެހޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނަމުގައި ބޭންކުން ފްލެޓް ގަންނަން ހުށަހަޅާ ފަރާތަށް ދޫކުރާ ގެރެންޓީއެއްގެ ގޮތުގައެވެ.
- ހުށަހަޅަނީ ބޭންކް ގެރެންޓީ ޗެކެއްނަމަ، އެ ޗެކު އޮންނަންވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނަމުގައި ބޭންކް ގެރެންޓީ ޖެހިފައެވެ.
- ފްލެޓް ގަންނަން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އެފަރާތެއްގެ ނަމުގައި ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
3. ރެހެންދި 1 އަދި 3 އިން ފްލެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ފްލެޓް ވިއްކާ އަދަދަށްވުރެ ގަންނަން ހުށަހަޅާ ފަރާތްތަކުގެ އަދަދު ގިނަނަމަ، ފްލެޓް ވިއްކާނޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. ގުރުއަތުލުން އޮންނާނީ ގުރުއަތުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
4. ފްލެޓް ގަންނަން އެއްފަހަރާ ފައިސާ ދައްކަން ހުށަހަޅާ ފަރާތްތަކުން، ފްލެޓް ލިބޭކަން ގަންނަން ހުށަހަޅާ ފަރާތަށް އަންގާ ދުވަހުން ފެށިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ފްލެޓް ގަންނަ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ފްލެޓުގެ ޖުމްލަ އަގު އެއްކޮށް އެއްފަހަރާ ދައްކަންވާނެއެވެ.
5. ކޮންމެ ފަރާތަކުންވެސް ގަންނަން އެދި ހުށަހެޅޭނީ 1 ފްލެޓަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.