ވަޒީފާގެ ފުރުޞަތު
ނަންބަރު: (ިIUL)451-HR/1/2016/10
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 24 މާރިޗު 2016 12:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

   މަޤާމު:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:               01

   ރޭންކް:                    ޖީއެސް.4

   ކްލެސިފިކޭޝަން:               އޮފިސަރ ގްރޭޑް 2

   މުސާރަ:                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:        ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

ނުވަތަ:

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފަޢިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ފާސް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުނ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހުގެ 14:00 ގެ ކުރިން އޮފީހުގެ އެޑްމިނިސްޓްރޭޝަން ޔުނިޓާ ހަވާލުކުރުން ނުވަތަ އޮފީސް ހިންގަވަން އެވަގުތަކު ހުންނެވި ވެރިއެއްގެ އަރިއަހަށް ގެންދަވާ ސޮއި ކުރުވުން.
  2. އިންސްޓިޓިއުޓްގެ ރިސެޕްޝަން ބެލެހެއްޓުމާއި އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި ކޯލްތައް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  3. އިންސްޓިޓިއުޓަށް ލިބޭ ތަކެތި އެންޓްރީކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން
  4. މި އިންސްޓިޓިއުޓަށް އެކިއެކި ކަންކަމުގައި އަންނަ މެހުމާނުންނަށް ދަތިނުވާނެގޮތަށް އެމީހުންނަށް އެހީތެރިވެވޭނެގޮތަށް މެހުމާނުންނަށް ކަންތައްތައް ހަމަޖެއްސެވުން.
  5. ޔައުމިއްޔާތައް ގަވާއިދުން ނަންބަރު ޖަހައި، އަހަރު ނިމުމުން ބައިންޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. އެޗް.އާރްގެ މަސައްކަތްތަކުގައި އެހީތެރިކަންދިނުން.
  7. ރަސްމީ އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވައި ލެއްޕުން.
  8. ސެކްޝަންގެ މަސައްކަތުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  9. ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.
  10. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމު ކުރުމަށް މަސައްކަތްކޮށް އިންސްޓިޓިއުޓަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ރާވައިގެން ކުރުން.
  11. މި އިންސްޓިޓިއުޓްގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަނގަޅުކުރުމަށް އެހީތެރިވެދީ އިންސްޓިޓިއުޓުގެ ސިއްރު ހިފެހެއްޓުން
  12. ދިވެހި ސިވިލް ސަރވިސްގެ ވެބްސައިޓް ބައްލަވައި ސަރކިޔުލަރތަކަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

 

   މަޤާމު:                    ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:               01

   ރޭންކް:                    އެމްއެސް 2

   ކްލެސިފިކޭޝަން:               ސީނިއަރ އޮފިސަރ ގްރޭޑް 2

   މުސާރަ:                    -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:            -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:         ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެސް.އެމް.ޓީ އަދި އެކްސްކޯ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ބެލެހެއްޓުން.
  2. ވަޒީފާއާބެހޭ އެންމެހާ ލިޔެ ކިޔުންތައް (ވަޒީފާ ދެއްވުމާއި، ބަދަލުކުރުމާއި، ވަކިކުރުން) ތައްޔާރު ކުރުމާއި، ކަމާބެހޭ ފަރާތްތަކަށް ބަރާބަރަށް ފޮނުވުން.
  3. މުވައްޒަފުން އެޕްރައިޒް ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް، ސެކްޝަންތަކުގެ ވެރިންނަށް ދިނުމާއި އެޕްރައިސަލް މަސައްކަތް ކުރިއަށްދާ މިންވަރު ބެލުން.
  4. މުވައްޒަފުންގެ ޚާއްޞަ ފައިލިންގ ސިސްޓަމް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާން ވެރިންގެ އިރުޝާދާއެކު ތައްޔާރުކުރުން.
  5. ސެޕް ސިސްޓަމަށް މުވައްޒަފުންގެ ޑޭޓާ އެންޓަރ ކުރުން.
  6. ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު އެއްކޮށް ސެންޓަރުން ހިންގާ ހުރިހާ ކޯސްތަކުގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި، އެމަޢުލޫމާތު ފަސޭހައިން ލިބޭނެގޮތަށް އިންތިޒާމުކުރުން.
  7. އެކްޝަން ޕްލޭން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  8. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.
  9. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމުކުރުމަށް މަސައްކަތްކޮށް ސެންޓަރަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ރާވައިގެން ކުރުން.
  10. މިސެންޓަރުގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަނގަޅުކުރުމަށް އެހީވެދިނުން. އަދި މިސެންޓަރުގެ ސިއްރު ހިފެހެއްޓުން.
  11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

  

   މަޤާމު:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:               01

   ރޭންކް:                    ޖީއެސް.4

   ކްލެސިފިކޭޝަން:               އޮފިސަރ ގްރޭޑް 2

   މުސާރަ:                   -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:        ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއިންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

ނުވަތަ:

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފަޢިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ފާސް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިއިންސްޓިޓިއުޓަށް އެކިއެކި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
  2. ދުވަހުން ދުވަހަށް ސެކްޝަންގެ ޔައުމިއްޔާ ލިޔެ އެޑްމިނިސްޓްރޭޝަން ޔުނިޓާ ހަވާލުކުރުން.
  3. ޑިޕާޓްމަންޓަށް ލިބޭ ސިޓީ ނޯޓް ފަދަ ތަކެއްޗަށް ޖަވާބު ތައްޔާރުކުރުން.
  4. ހިއުމަން ރިސޯސްގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން.
  5. ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.
  6. ކައުންޓަރަށް އަންނަ ތަކެތި ބަލައިގަނެ އެންޓްރީ ކުރުން.
  7. މި އިންސްޓިޓިއުޓްގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަނގަޅުކުރުމަށް އެހީތެރިވެދީ އިންސްޓިޓިއުޓްގެ ސިއްރު ހިފެހެއްޓުން
  8. ދިވެހި ސިވިލް ސަރވިސްގެ ވެބްސައިޓް ބައްލަވައި ސަރކިޔުލަރތަކަށް ޢަމަލުކުރުން.
  9. އިންސްޓިޓިއުޓުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް ވެރިންގެ ލަފާގެ މަތިން އޮގަނައިޒު ކުރުމުގައި ބައިވެރިއެއްގެ ގޮތުން މަސައްކަތް ކުރުން.
  10. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.
  11. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމުކުރުމަށް މަސައްކަތްކޮށް ސެންޓަރަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ރާވައިގެން ކުރުން.
  12. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

އިނާޔަތްތައް:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 29 މާރިޗު 2016 އާއި 31 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 މާރިޗު 2016 ވަނަ ދުވަހުގެ 12:30 ގެ ކުރިން.

14 މާރިޗު 2016