ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-PR/2016/41
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 17 މާރިޗު 2016 11:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ތިރީގައި މިދަންނަވާ އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

Description

Qty

3.84TB SSD read intensive Hard for Dell Power Edge M630 Blade Server

 04 Units

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
  • ކުންފުނީގެ މަޢުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
  • ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މާރިޗު 2014 އިން ފެށިގެން ފެބުރުވަރީ 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (ނޮވެންބަރު 2015 އިން ޖަނަވަރީ 2016 އަށް) ގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ 2014ގެ އޯޑިޓްރިޕޯޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަންވާނެއެވެ.

ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

#

ކެޓެގަރީ

މާކްސް

މާކްސް ދެވޭ އުސޫލު

1

އަގު

75

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

2

ތަޖުރިބާ

10

މަސައްކަތާ ގުޅުންހުރި 01 ލިޔުމަށް – 2.5 މާކްސް

މަސައްކަތާ ގުޅުންހުރި 02 ލިޔުމަށް – 5 މާކްސް

މަސައްކަތާ ގުޅުންހުރި 03 ލިޔުމަށް – 10 މާކްސް

3

މުއްދަތު

5

އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތައް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

4

މާލީހާލަތު

10

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/އޮޑިޓް ރިޕޯޓަށް ބަލާފައި

އަންދާސީހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް އައިޓީ ހާޑްވެެއަރ ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 17 މާރިޗު 2016 ވާ (ބުރާސްފަތި ދުވަހުގެ) 11:30 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކްގެ (ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމުގައެވެ. އަދި ބިޑްތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާޠިލު ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤާތާއި ޚިލާފު މަޢުލޫމާތު ހިމަނާފައިވުން

2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3- ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅާފައިނުވުން.

ނޯޓު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016