ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-AFI/433/2016/3
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 21 މާރިޗު 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މުސާރަ:      

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް:

މުސާރައިގެ %35 ދެވޭނެ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން:

ބަޖެޓް ޔުނިޓް

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދުވަހުން ދުވަހަށް ބަޖެޓް ބާކީކޮށް ނިންމުމާއި، މުޅި ޖުމްލަ ބަޖެޓް ބާކީކޮށް ބެލެހެއްޓުމާއި، އުނިކުރެވިފައިވާ ފައިސާ ހޯދުމަށް ލިޔަންޖެހޭ ފަރާތްތަކަށް ލިޔުމާއި، ބަޖެޓުން ފައިސާ ޚަރަދުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށްފައި ކަމާބެހޭ ފަރާތަށް ފޮނުވުމާއި، ރެކޯޑް ބެލެހެއްޓުން.
  2. ތިޖޫރީ ރިޕޯޓް ޗެކްކުރުމާއި، ބަޖެޓް ޚަރަދު ރިޕޯޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓާއި، ބަޖެޓް ރިޕޯޓް ތައްޔާރުކުރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  3. މުވައްޒަފުންގެ މުސާރައާއި ދޭންޖެހޭ އެހެނިހެން ޢިނާޔާތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމާއި، ކުރިއަށްއޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުމާއި، ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ކަނޑައެޅޭ މުއްދަތަށް ބަޖެޓް ތައްޔާރުކުރުން.
  4. ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ބެލެހެއްޓުމާއި، އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކަށް މަޢުލޫމާތު ދިނުން.
  5. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، އޮފީހުގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.
  6. އޮފީހުގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކުއްލިއަކަށް ކުރަންޖެހިގެން އޮފީހުގެ ފަރާތުން ވަގުތީ ގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޤައުމީ  އަރުޝީފުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 21 ވާ ހޯމަދުވަހުގެ 12:00 އެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

- މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.

- އިންޓަވިއު އޮންނާނީ، ޤައުމީ އަރުޝީފުގައެވެ.

ނޯޓު:

މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3349312 ނަންބަރު ފޯނަށް ނުވަތަ 3349311 ނަންބަރު ފޯނަށެވެ.

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016