ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: URH/IUL/2016/03
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 17 މާރިޗު 2016 13:30
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
20 ކޮމްޕިއުޓަރ ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

20 ކޮމްޕިއުޓަރ ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނޭ ފަރާތެއެް ހޯދުން

މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް 20 ކޮމްޕިއުޓަރ ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެފުރުޞަތު ހުޅަވާލަމެވެ.

ވީމާ، ހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ކޮމްޕިއުޓަރ ސިސްޓަމް ގަނެ ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2016 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2016 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ބިޑްޑޮކިއުމަންޓްގައި ހުންނަންޖެހޭ ލިޔުންތައް ހަމަނުވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016