ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)387/387/2016/19
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 21 މާރިޗު 2016 14:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

މުނިސިޕަލް ސަރވިސް އޮފިސަރގެ ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އިކްނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ސެކްޝަން / ޔުނިޓް:

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

-/5610 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރު އެލަވަންސާއި، އިތުރުގަޑީ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ބަންދުދުވަހު މަސައްކަތްކޮށްފިނަމަ ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން، ނުވަތަ ޓީޗިންގެ ދާއިރާއިން، ނުވަތަ އައިޓީ ދާއިރާއިން، ނުވަތަ ހެލްތުގެ ދާއިރާއިން، ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން، ނުވަތަ ޓީޗިންގެ ދާއިރާއިން، ނުވަތަ އައިޓީގެ ދާއިރާއިން، ނުވަތަ ހެލްތުގެ ދާއިރާއިން، ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން، ނުވަތަ ޓީޗިންގެ ދާއިރާއިން، ނުވަތަ އައިޓީގެ ދާއިރާއިން، ނުވަތަ ހެލްތުގެ ދާއިރާއިން، ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން، ނުވަތަ ޓީޗިންގެ ދާއިރާއިން، ނުވަތަ އައިޓީގެ ދާއިރާއިން، ނުވަތަ ހެލްތުގެ ދާއިރާއިން، ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މަޤާމުގެ ޝަރުޠުތައް:

1. ބަނދަރާއި ޖެޓީ ސަރަހައްދު، ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން މެނޭޖުކޮށް ބެލެހެއްޓުން.

2. ނާސަރީ، ބޭބީނާސަރީ ހިންގުމަށް ކައުންސިލްގެ ފަރާތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމާއި، މުޤައްރަރާ އެއްގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށްދޭތޯ ބަލައި މޮނިޓަރކުރުމާއި، ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުންލުން ދިނުން.

3. މަގުބައްތިތަކުގެ ހާލަތު ބަލައި، މަރާމާތުކުރަންޖެހޭ ބައްތިތައް މަރާމާތުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އަލަށް އާބާދުވާ ސަރަހައްދުތަކަށް ބޭނުންވާ މަގުބައްތީގެ މަޢުލޫމާތު ކައުންސިލަށް ފޯރުކޮށްދިނުމާއި، މަގުބައްތިތަކާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

4. ރަށުގެ މަގުތައް ބެލެހެއްޓުމާއި، މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް ބެހެއްޓިފައިވާ ތަކެތީގެ މަޢުލޫމާތު ކައުންސިލަށް ފޯރުކޮށްދިނުމާއި، ދުއްވާތަކެއްޗާއި ހިނގާމީހުންނަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކޮށުމަށް ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން މަސައްކަތްކޮށް، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

5. ލައިބްރަރީގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

6 ކޮންޓެކްޓް އުސޫލުން އިޖުތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް، ކައުންސިލުން ކަނޑައަޅާފައިވާ މިންވަރާއި ފެންވަރަށް މަސައްކަތްކުރޭތޯ ބަލައި މޮނިޓަރކުރުން.

7 ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ކުނި މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރުމާއި، ކުނިކޮށި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

8 ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަނޑު ބެލެހެއްޓުމާއި، އެނޫންވެސް ކުޅިވަރުބިންތައް ބެލެހެއްޓުން.

9. ގަބުރުސްތާން ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންތައް އިންތިޒާމްކުރުން.

10. ދަނޑުތަކާއި، ދަނޑުވެރިންގެ ރަޖިސްޓްރީ ލިޔެބެލެހެއްޓުމާއި، ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ދަނޑުވެރިންނަށް ކަމާގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި، އިންޓަވިއުއާއި ޕްރެކްޓިކަލްސްއިން ލިބޭ މާކުހަށް ބެލޭނެއެވެ. އަދި އޮފީސް ހިންގުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، ތ. ކަނޑޫދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއާއި  ޕްރެކްޓިކަލްސް  އޮންނާނީ،  ވަޒީފާއަށް  އެދުމުގެ  ސުންގަޑި  ހަމަވުމަށްފަހު،  ޖެހިގެން  އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައެވެ.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2016  މާރިޗު  21  ވާ  ހޯމަދުވަހުގެ  14.00  ގެ  ކުރިން،  ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ރަސްމީގަޑީގެ އިތުރުން، ނުރަސްމީގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތްކުރާނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ (ވަޒީފާއާބެހޭ ޤާނޫނުގައިވާގޮތުގެ މަތިން) ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު،  ތ. ކަނޑޫދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6780036  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ، 6780036 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016