މަސައްކަތް
ނަންބަރު: (IUL)268/268/2016/22
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 16 މާރިޗު 2016 13:30
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުން ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ބަނދަރުން ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 16 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 23 ވާ ބުދަ ދުވަހުގެ 13:30އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

މަސައްކަތުގެ އަގު

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްގަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

20%

  • މަސައްކަތް ނިންމާނެ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތުތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

ތަޖުރިބާ

10%
  • މަސައްކަތާ ގުޅޭ ދާއިރާގައި އެންމެ ގިނަދުވަހު މަސައްކަތްކޮށް އަދި ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ދެވޭ މާކްސް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތާގުޅޭ ދާއިރާގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށް، އަދި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތްތަކަށެވެ.

( Submitted experience duration /Benchmark experience duration)  x Allocated Percentage

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016