މަސައްކަތް
ނަންބަރު: (IUL)233-ADS/233/2016/4
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 20 މާރިޗު 2016 11:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި ކުލައާއި ދަވާދުލުން

އިޢުލާން

  • އއ.އަތޮޅު ކައުންސިލް އިދާރާގައި ކުލައާއި ދަވާދުލުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލް އިދާރާގައި ކުލައާއި ދަވާދު ލުމާއި، ސަރަޙައްދުގެ ފާރާއި، ކައުންސިލް އިދާރާގެ ގޯތިތެރޭގެ ޕާކު ފާރުތަކުގައި، ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 20 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 28 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް:

މަސައްކަތުގެ އަގު (އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް)

60 ޕޮއިންޓް

މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް)

20 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި)

20 ޕޮއިންޓް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016