ވަޒީފާގެ ފުރުޞަތު
ނަންބަރު: TS/IU/HR/2016/16
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 24 މާރިޗު 2016 14:30
ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ކައުންސިލަރގެ ވަޒީފާގެ ފުރުޞަތު:

މަޤާމް: ކައުންސިލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން: ތާޖުއްދީން ސްކޫލް، އެކަޑަމިކް ސެކްޝަން

ފެންވަރު ނުވަތަ ޝަރުޠު:

1- ކައުންސިލިންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދައިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ކައުންސިލިންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ކައުންސިލިންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް 

- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، އެ ދަރިވަރުންނަށް އެހީތެރިވުން.

- އަޚްލާޤީ މައްސަލަތައް ބަލައި، އެފަދަ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް، ޤަވައިދުން ބަލަހައްޓަމުން ގެންދިއުން.

- އަޚްލާޤީ މައްސަލަތައް ހުންނަ ދަރިވަރުންނާއި، އެފަދަ ދަރިވަރުންގެ ބެލެނިވެރިންނަށް ސެސަންތައް ބޭއްވުން.

- އަޚްލާޤީ މައްސަލަތައް ހުންނަ ދަރިވަރުންނަށޤ ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެ ފަދަ ވޯރްކޝޮޕް/ސެމިނާރުތައް، ސްކޫލުގެ މެނޭޖްމެންޓުގެ މަޝްވަރާގެމަތިން ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް އަދާކުރުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެންނާއި، ހެލްތު ދާއިރާގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.   

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ ވެބްސައިޓް thaajuddeenschool.edu.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) 
  • ލިބިފައިވާ ކުރުމުއްދަތުގެ ތަމްރީންތަކުގެ ލިއުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު:

މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަވިއު/ޕްރެކްޓިކަލް އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުގައެވެ. އެފަރާތްތަކަށް ތާރީޚާއި ގަޑި އެންގޭނެއެވެ.

ސުންގަޑި: 

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 24 ވަނަ ދުވަހުގެ މެންދުރުފަހު 2.30 ގެ ކުރިން، މަތީގައިވާ ލިއުންތަކާއެކު، ވަޒީފާއަށް އެދޭ ފޯމު، ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް ހުށަހަޅާނީ، ތާޖުއްދީން ސްކޫލުގެ އެޗް. އާރު. ސެކްޝަނަށެވެ. 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް 3317318 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

5 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016