މަސައްކަތް
ނަންބަރު: (IUL)442-CO/442/2016/13
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި:
26 މާރިޗު 2016 14:00
ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލްހުދާގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ހޯދުމާގުޅޭ
އިޢުލާން
1437 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްމަގު މަސްޖިދުލްހުދާގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ހޯދުމާގުޅޭ:
1437 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްމަގު މަސްޖިދުލްހުދާގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ޝައުޤުވެރިވެލައްވާ ޙާފިޡުންނަށް އެފުރުޞަތު މިކައުންސިލުން ހުޅުވާލަމެވެ. މިކަމަށް އެދި ހުށަހަޅަންވާ ފަރާތްތަކުގެ ތެރެއިން ހޮވިވަޑައިގަންނަވާ ޙާފިޡުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ (ބިދޭސީ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/200 (ދުއިސައްތަ ރުފިޔާ) ރުފިޔާއެވެ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ (ރާއްޖޭގެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/400 (ހަތަރު ސަތޭކަ ރުފިޔާ) ރުފިޔާއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމުގެ ސެޓުފިކެޓުތަކުގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ އަދި މިކަމަށް އެދި ހުށަހަޅާ ސިޓީ، 26 މާރިޗު 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
29 ޖުމާދަލްއޫލާ 1437
09 މާރިޗު 2016