ވަޒީފާގެ ފުރުޞަތު
ނަންބަރު: GS72/IUL/2016/25
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 17 މާރިޗު 2016 14:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލަށް 2 ކައުންސިލަރުން ހޯދުމަށް ކުރި GS72/IUL/2016/13 ނަންބަރުގެ އިޢުލާނުގައި މައްސަލައެއް އޮތުމުން، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:  ކައުންސިލަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ ޢުޞޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  ޢަފީފުއްދީން ސްކޫލް

މަޤާމުގެ ޝަރުޠު:

  • ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއްށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓުން.
  • ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.
  • ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނާއި، ޓީޗަރުންނަށް އެހީތެރިކަންދިނުން.
  • މުޖުތަޢުގައި ހުންނަ ބައެއް މައްސަލަތަކާ ގުޅޭގޮތުން ދަރިވަރުންނަށް ސެޝަންތައް ނެގުން.
  • ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށްޓަކައި ދަރިވަރުންނާއި، ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކުގައި އެހީތެރިވުމާއި، އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންގެ މަޢުލޫމާތު ކަމާބެހޭ ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުން މުޖުތަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.
  • ކުލާސްތަކުގެ ދަރިވަރުންނަށް ލައިފްސްކިލްސް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ސްކޫލުގެ ހުރިހާ ދަރިވަރުންނަކީ ނަފުސާނީ ދުޅަހެޔޮ ކުދީންނަށް ހެދުމަށް އެކަށޭނަ ޕްރޮގްރާމްތައް ރާވައިގެން ހިންގުން.    
  • މީގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.      

މިވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 12 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ޢަފީފުއްދީން ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ޢަފީފުއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޢަފީފުއްދީން ސްކޫލުގެ 6528041 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016