ތަމްރީނު
ނަންބަރު: (IUL)160-A/1/2016/38
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 30 މާރިޗު 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީ ކޯސް ލެވެލް 2

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2016 ވަނަ އަހަރު އޭޕްރީލް މަހު ތިރީގައި މިދަންނަވާ ކޯސް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 2

ޝަރުޠު: ޤާރީ ކޯސް ސެޓުފިކެޓު ލެވަލް 1 ހަދާފައިވުން.

މި މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު: 4 މަސް

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 މާރިޗު 14 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 މާރިޗު 30 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016