ވަޒީފާގެ ފުރުޞަތު
ނަންބަރު: 368/IUL/2016/12
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 17 މާރިޗު 2016 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

އެކިއެކި ސަބަބުތަކާހުރެ އިމާމުންނާއި، މަސައްކަތުމީހުންނަށް، މިސްކިތްތަކަށް ހާޒިރުނުވެވޭ ދުވަސްތަކުގައި، ވަގުތީގޮތުން މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދުކޮށްދޭނެ ފަރާތްތަކާއި، ވަގުތީގޮތުން މިސްކިތްފޮޅައި ސާފުކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތްތައް ހޮވައި، އެފަރާތްތަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެއެވެ. އަދި ކަނޑައެޅޭ ތަރުތީބަކުން މުވައްޒަފުން މިސްކިތްތަކަށް ނެރެވެމުންދާނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  1. އިމާމުންގެ ވަޒީފާގެ ޝަރުޠުހަމަވާ ފަރާތްތައް.
  2. މުދިމުންގެ ވަޒީފާގެ ޝަރުޠުހަމަވާ ފަރާތްތައް.
  3. މަސައްކަތުމީހުންގެ ވަޒީފާގެ ޝަރުޠުހަމަވާ ފަރާތްތައް.

ވަގުތީ މުވައްޒަފުންގެ ގޮތުގައި ނެގޭ ފަރާތްތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާގޮތް

#

މަޤާމް

ވަޒީފާގެ ޝަރުޠު

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

ކޮންމެ ނަމާދުވަގުތަކަށް

1

އިމާމު

ޝަރުޠު ހަމަވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-

39.77

2

މުދިމް

ޝަރުޠު ހަމަވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-

33.77

3

މުދިމް

ޝަރުޠު ފުރިހަމަނުވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-

33.77

4

މަސައްކަތު

ޝަރުޠު ހަމަވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 30 މިނިޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު

22.29

-

ވީމާ މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިމިވާ ލިޔުންތަކާއެކު، އެފަރާތަކުން އަދާކުރަން ބޭނުންވާ މަޤާމު އެނގޭގޮތަށް ސިޓީއަކުން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

2. ލބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016