ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2016/12
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 15 މޭ 2016 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑު 2016

އިޢުލާން

ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑު 2016 އާގުޅޭ:

ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރިނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ތަޢާރަފުކޮށްފައިވާ ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑު 2016 އަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަނަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު މިކަމާގުޅޭ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. http://www.princess-srinagarindraaward.org އަދި މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016