ތަމްރީނު
ނަންބަރު: (IUL)179-2.1/1/2016/11
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 13 މާރިޗު 2016 12:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިސްލާމިކް ފައިނޭންޝަލް ޕްރޮޑަކްޓްސް ފޮރ ބިޒްނަސަސް

މި އޮތޯރިޓީން އިންތިޒާމުކޮށްގެން ހިންގާ ޕަބްލިކް ލެކްޗަރ ސީރީޒުގެ ދަށުން "އިސްލާމިކް ފައިނޭންޝަލް ޕްރޮޑަކްޓްސް ފޮރ ބިޒްނަސަސް"ގެ ނަމުގައި ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޢާންމުކޮށް ހުޅުވާލައިގެން އިސްލާމިކް ފައިނޭންސްއާބެހޭ މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސެޝަން ކުރިއަށްދާނީ 14 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ން 12:00 އަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ. ހިލޭ ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ މިސެޝަންގައި މަޢުލޫމާތު ދެއްވާނީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަނުން އިސްލާމިކް ފައިނޭންސް (INCEIF) ގެ ލެކްޗަރަރ މރ. ޒައިނަލް އާބިދީން ބިން މުޙަންމަދު ޠާހިރު އެވެ.

ވީމާ، މި ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ގުޅޭނެ ފޯނު ނަންބަރާއެކު، 13 މާރިޗު 2016 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެހަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014103، 3014112 އަދި 3014124 ފޯނާ ގުޅުއްވުން އެދެމެވެ.

01 ޖުމާދަލްޚިރާ 1437

10 މާރިޗު 2016