ވަޒީފާގެ ފުރުޞަތު
ނަންބަރު: GS24/IUL/2016/07
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 27 މާރިޗު 2016 14:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާގެ ގިންތި:

ދާއިމީ

ވަޒީފާ އޮތް އޮފީސް:

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ދ. އަތޮޅު ތަޢުލީމީ މަރުކަޒު / ދ. ކުޑަހުވަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ދުވަހު ޔައުމިއްޔާއާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

2- އެކިއެކި ގޮތްގޮތުން ސްކޫލަށް ލިބޭ ސިޓީ، މެސެޖުގެ އެންޓްރީ ބެލެހެއްޓުމާއި، އެތަކެތި ސެކްޝަންތަކާ ހަވާލުކުރުމާއި، ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ފޮނުވުމާބެހޭ ކަންތައްތައް ކުރުން.

3- އޮފީހުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

4- ސަރުކާރުން ބާއްވާ އިމްތިޙާނުތަކާ ގުޅިގެން ފުރިހަމަކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.

5- އިދާރީގޮތުން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

6- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

7. އޮފީހުން ހަވާލުކުރެވޭ އިދާރީ އެހެނިހެން މަސައްކަތްތަށް.

8. ސެކްޝަނުގެ ނުވަތަ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން، އެ މުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއު ކޮށްގެން.

4. މަތީގައިވާ ކަންކަމުގެ އިތުރުން، ކޮމްޕިއުޓަރަށް / އައި. ސީ. ޓީ. އަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

އިންޓަވިއު ކުރުން:

1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި، ތަނާއި، ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

2. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯރޓް ލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

3. މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.

2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 7952914 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016