ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-FT/1/2016/28
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 31 މާރިޗު 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިންއެޅުމާއި މިނެކިރާ ތަކެތީގައި ސީލް ޖެހުމުގެ މަސައްކަތް ބިޒްނަސް ސެންޓަރުތަކުން ދޭން ފެށުން

އިޢުލާން

މި މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން މިންއެޅުމާއި މިނެކިރަން ބޭނުންކުރާ ތަކެތި ހަމަތޯ ބަލައި ސީލްޖަހައިދިނުމުގެ ޚިދުމަތް ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން މިހާރު ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

މި ޚިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، މިންހަމަތޯ ޗެކުކުރައްވަން ބޭނުންފުޅުވާ އިކްވިޕްމަންޓް ބިޒްނަސް ސެންޓަރުތަކަށް ގެންދެވުމުން، އެ އިކްވިޕްމަންޓެއް ޗެކުކުރުމަށްފަހު އެ އިކްވިޕްމަންޓެއްގެ މިން ހަމަނަމަ، މިން ހަމަކަން އަންގައިދޭ ފާހަގައެއް އެ އިކްވިޕްމަންޓުގައި ހަރުކޮށްދެވޭނެއެވެ.

މި ޚިދުމަތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، މިންއެޅުމާއި މިނެކިރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2016/R-13) ގެ ޖަދުވަލު 1 ގައި އެކަމަށް ކަނޑައެޅިފައިވާ ފީ ދައްކަވަންޖެހޭނެއެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09 ން 12 އަށެވެ.

01 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016