ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/28
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 24 މާރިޗު 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް :އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގ. 1

ރޭންކް: އެމް.އެސް 1

މުސާރަ

-/5610

ސަރވިސް އެލަވަންސް

-/2000

މަސައްކަތް ކުރަންޖެހޭ ތަން

(ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1- އެފް.ސީ.އެސް.ސީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔުންތަކާއި މަޢުލޫމާތުތައް އެއްކޮށް މުސާރަޝީޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން

2- އެފް.ސީ.އެސް.ސީގެ މުވައްޒަފުންގެ ޕެންޝަން ސްކީމަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ކަންތައް ނިންމުން.

3- ސަރުކާރުގެ ދަތުރުތަކުގައި ދާ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައް ކުރުން.

4- އެފް.ސީ.އެސް.ސީ ތަކަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.

5- ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ ޚަރަދަށް ޖަމާކުރަންޖެހޭ ފައިސާގެ ހިސާބުތަކާބެހޭ ރިޕޯޓުތައް މަހުން މަހަށް ހޯދައި ފައިސާ ރިޕޯޓުތައް ތައްޔާރުކޮށް ގަވާއިދުން ފައިލްކޮށް ބަލަހައްޓަމުން ގެންދިއުން.

6- އެފް.ސީ.އެސް.ސީ މެނޭޖްމަންޓުގެ ޔައުމިއްޔާއަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމުގެ ކަންތައް ކުރުން.

7- އެފް.ސީ.އެސް.ސީ ތަކުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ނުދެއްކި ހުރި ބިލްތަކުގެ ރަޖިސްޓަރީއެއް ހަދައި އެ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

8- އަހަރުރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

9- ހަވާލުވެގެން ކުރެވޭ މަސައްކަތްތަކާބެހޭ އެންމެހައި ލިޔުންތައް ތަރުތީބުން ފައިލްކޮށް (ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ބެލޭނެގޮތަށް) ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން

ސުންގަޑި

2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ނުވަތަ އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. މި މަޤާމުތަކުގެ އިންޓަރވިއުކުރުން އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައެވެ.

އިތުރު މަޢުލޫމާތު

- ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްސެންޓަރުން އަނެއް ސެންޓަރަށް ބަދަލު ކުރުމުގެ އުސޫލުގެ ދަށުން ފަންނީ މުވައްޒަފުން ވަކި މުއްދަތަކަށް އެހެން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްތްކުރަންޖެހިދާނެއެވެ.

- އަތޮޅުތެރޭގެ ސެންޓަރުތަކަށް ނެގޭ ހިންގުމާ ހަވާލުވެ ހުންނަ "މެނޭޖަރ" އަދި ފަންނީ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުމުގެ އުސޫލުގެ ދަށުން 01 މަސްދުވަހަށް މިނިސްޓްރީގައި މަސައްކަތްކުރަންޖެހޭނެއެވެ. އަދި މި މުއްދަތުގައި މާލޭގައި ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހޭނީ އެ މުވައްޒަފަކު އަމިއްލައަށެވެ.

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 / 3027549 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ  ކައުންޓަރުންނާއި އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.

10 މާރިޗު 2016