ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް ގެ ލޯގޯ ހެދުމުގެ މުބާރާތް
މިމުބާރާތަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ލޯގޯއެއް ހެދުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ވަކި މިންގަނޑުތަކަކަށް ހުށަހެޅިފައިވާ ލޯގޯތައް އެކަންޏެވެ. މިގޮތުން، މި މިންގަނޑުތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާންކުރުން އޮންނާނީ 23 މާރިޗު 2016، ދުނިޔޭގެ މޫސުމާބެހޭ ދުވަހުގައެވެ.
ހުށަހެޅުމުގައި ބަލަންޖެހޭ މިންގަނޑުތައް:
- މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
- އޮފިޝަލް އެންޓްރީ ފޯމު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓުން www.meteorology.gov.mv ޑައުންލޯޑްކޮށް ފުރިހަމަ ކުރުމަށްފަހު، ލޯގޯއާއެކު މި ފޯމު [email protected] މި އީމެއިލް އެޑްރެހަށް ހުށަހަޅަންވާނެއެވެ.
- ލޯގޯ ހުށަހަޅަންވާނީ (.jpeg, .png, ނުވަތަ pdf) ފޯމެޓަށެވެ. އަދި އެއްވަނައަށް ހޮވިއްޖެނަމަ، ލޯގޯގެ ހައިރެސޮލިއުޝަން ވެކްޓަރ ފައިލް ހުށަހަޅަންވާނެއެވެ. (އެޑޯބް އިލަސްޓްރޭޓަރ، އީޕީއެސް، ފޮޓޯޝޮޕް، ކޮރަލްޑްރޯ، އިންޑިޒައިން ފޯމެޓް)
- ކޮންމެ ބައިވެރިއަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 3 ލޯގޯއެވެ.
- ހުށަހަޅާ ލޯގޯތަކުގެ ކުޑަ އަދި ބޮޑުމިން ބަދަލުކޮށްލަން ބޭނުންވެއްޖެނަމަ ފަސޭހަކަމާއެކު އެކަން ކުރެވެންވާނެއެވެ.
- ޑިޒައިން ކުރެވޭ ލޯގޯ ވާންވާނީ ފަސޭހައިން ޕްރިންޓްކުރެވޭ އަދި މީޑިއާގައި ބޭނުންކޮށްލެވޭ ޑިޒައިނަކަށެވެ.
- ހުށަހެޅުންތައް ހުށަހަޅަންޖެހޭނީ 2016/03/18 ގެ 14:00 ގެ ކުރިންނެވެ.
- މި މުބާރާތުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ލޯގޯގެ މިންގަޑު
ތީމް:
ލޯގޯއިން ތަމްސީލުކޮށްދޭންވާނީ ރާއްޖޭގެ މޫސުމާއި ކްލައިމެޓް އެވެ.
* ކަނޑު، އުޑު، އިރު، ވިލާތައް، ވާރޭ، ގުގުރުމާއި ވިދުން، ވައި، ރާޅު......
ކުލަ:
*ލޯގޯ ފުރިހަމަ ކުރުމަށް ވަކި ކުލައެއް ނެތެވެ. އެހެންނަމަވެސް ލޯގޯގައި ނޫކުލަ (ސްކައި ބުލޫ) ހިމަނަންވާނެއެވެ.
އިންޓެގްރިޓީ:
ލޯގޯގައި އެއްވެސް ކޮޕީރައިޓްސް މެޓީރިއަލެއް ހުރެގެން ނުވާނެއެވެ. ލޯގޯ ޑިޒައިންކޮށް ތައްޔާރުކުރަންވާނީ އެ ހުށަހަޅާ ފަރާތަކުންނެވެ.
ލޯގޯ ހޮވުން
މިސަރވިސްގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވިފައިވާ ޚާއްޞަ ކޮމިޓީއަކުން ހުރިހާ ހުށަހެޅުންތައް ބެލުމަށްފަހު، މާކްސް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ރިޢާޔަތް ކުރާނެއެވެ.
- ގުޅުންހުރި މިންވަރު - މިސަރވިސް އާއި ލޯގޯ އާ ގުޅުންހުރި މިންވަރު (%40)
- އުފެއްދުންތެރިކަން - އަމިއްލަ ޚިޔާލު ބޭނުންކޮށްފައިހުރި މިންވަރު (%30)
- ރީތިކަމަށް – ކުލަތައް ގެނެސްދީފައި ހުރި ރީތިކަމާ ގުޅުންހުރި މިންވަރު (%30)
1 ޖުމާދަލްއާޚިރާ 1437