ކުއްޔަށް ހިފުން
ނަންބަރު: (IUL)KRH-PLD/2016/06
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި:
14 މާރިޗު 2016 11:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފަން
އިޢުލާން
2000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ކައިރި ހިސާބަކުން 2000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް 2 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިފަދަ ގުދަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ހޮސްޕިޓަލުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން
14 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް
- ޕްރޮޕޯޒަލް ހުށަހެޅުން
20 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
27 ޖުމާދަލްއޫލާ 1437
07 މާރިޗު 2016