ކުއްޔަށް ދިނުން
ނަންބަރު: (IUL)243-S01/INDIV/2016/16
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 20 މާރިޗު 2016 12:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ދިނުމާގުޅޭ

އިޢުލާން

ފުވައްމުލަކު ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ދިނުމާގުޅޭ

ފުވައްމުލަކު ލޯކަލް މާރުކޭޓުގައި ހުސްކޮށް ހުރި ގޮޅިތައް ކުއްޔައް ހިފާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ގޮޅި ނަންބަރު

ގޮޅި ކުއްޔަށް ދޫކުރާ އަގު

4

-/250 ރުފިޔާ

5

-/250 ރުފިޔާ

9

-/250 ރުފިޔާ

10

-/250 ރުފިޔާ

6

-/400 ރުފިޔާ

ވީމާ، މިގޮޅިތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 20 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ފުވައްމުލަކު އަތޮޅު ކައުންސިލަށް ހާޒިރުވެ ސިޓީއަކުން ބޭނުންވާ ގޮޅީގެ ނަންބަރު ޖައްސަވާފައި ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ސިޓީއަކުން ހުށަހެޅޭނީ 1 ގޮޅިއަށެވެ. އެއް ގޮޅިއަށްވުރެ އިތުރަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވަކިވަކި ސިޓީން ހުށަހެޅުއްވުން އެދެމެވެ. އަދި އެއްގޮޅިއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ގޮޅިތައް ދޫކުރާނީ ގުރުއަތުންނެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު 6865001 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016