ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2016/11
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 17 މާރިޗު 2016 14:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ސާފުކުރުމަށް

އިޢުލާން

ކުނަހަންދޫގެ މަގުތަކަކީ އަމާން ސާފު މަގުތަކަކަށް ހެދުމަށްޓަކައި މަގުތަކުގައި ހެދިފައިވާ ވިނަޔާއި މަގަށްވާގޮތަށް އިންދާފައިހުރި އެންމެހާ ގަސްތައް 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަންގަވައި މަގުތައް ސާފުކުރުމަށް ދަންނަވަމެވެ. އަދި ހަމައެހެންމެ ގަސްތަކުން މަގުމައްޗަށް ނިކުމެފައި ހުންނަ ކުރިތައް 15 ފޫޓަށް ކޮށާފައި ބެހެއްޓުމަށް ދަންނަވަމެވެ.

ވީމާ، 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ގޯއްޗެއްގެ ވަށައިގެންވާ ވިނަތައް ނޮޅައި ސާފުކޮށް، މަގަކަށް އަރާގޮތަށް އިންދާފައިވާ އެންމެހާ ގަސްތައް ނަގައި، ގޯތިތެރެއިން މަގުމައްޗަށް ނިކުމެފައި ހުންނަ ކުރިތައް 15 ފޫޓަށް ކޮށައި މަގުތައް ސާފުކުރުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                          

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016