ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2016/10
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 16 މާރިޗު 2016 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

5 މާރިޗު 2016 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާގައި ހެންވޭރުބޯޅަގޭގެ ސެމިނަރރޫމުގައި 2016 މާރިޗު 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކާއި ކްލަބްތަކަކީ:

  • ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ ތެރެއިން: (6 ބެެެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)
  1. ސ. ބެެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  2. ޅ. ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  3. ނ. ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  4. ބ. އޭދަފުށި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  5. މ. ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  6. ކ. ވިލިނގިލި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  • ކްލަބް އަދި ޖަމްޢިއްޔާތަކުގެ ތެރެއިން 5 ކްލަބް ޖަމްޢިއްޔާ
  1. ކްލަބް ސްޓެޓިކް
  2. ޔުނީކް ސްޕޯޓްސް
  3. ކްލަބް އީގަލްސްް
  4. އާރކް
  5. އޮފްއެފްސީ

މި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކާއި ކްލަބް ޖަމްޢިއްޔާތަކަކީ 5 މާރިޗު 2016 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާގައި ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށް ކޮމިޓީން އެންޑޯޒްކޮށްފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކާއި ކްލަބް ޖަމްޢިއްޔާތަކާއި ލިސްޓުކަން ދަންނަވަމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016