ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-109/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 14 މާރިޗު 2016 10:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ދޮރުފޮތި ގަތުމަށް

އިޢުލާން

ދޮރުފޮތި ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ އައުޢިމާރާތުގެ އޮފީސް ބްލޮކަށާއި ކްލާސްރޫމްތަކަށް ދޮރުފޮތި ތައްޔާރުކޮށް ރީލިންގފައްޗާއެކު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަދަދު

ތަފުސީލު

19

ދިގުމިން 9 ފޫޓު x ފުޅާމިން 8 ފޫޓު

08

ދިގުމިން 9 ފޫޓު x ފުޅާމިން 6 ފޫޓު

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބުހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަންހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ 10:00

2016 މާރިޗު 23 ވާ ބުދަ ދުވަހުގެ 12:00

ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:

އަގަށް:         65 ޕޮއިންޓް

މުއްދަތު:        15 ޕޮއިންޓް

މާލީ ޤާބިލުކަން:    10 ޕޮއިންޓް

ތަޖުރިބާ:        10 ޕޮއިންޓް

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

06 މާރިޗު 2016