މަސައްކަތް
ނަންބަރު: (IUL)424-CO/424/2016/12
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 13 މާރިޗު 2016 11:00
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްއިނާރާގައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މާދަޑު މަސްޖިދުލްއިނާރާގައި ޖަހާފައިހުރި މުށިތައް ނައްޓަމުންދާތީ އެމިސްތުގައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމަށް ބޭނުންވެއެވެ.  

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016