ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހޯދުން
* ބަކަރިކޮށީގެ މަސައްކަތް އައުޓްސޯސްކުރުން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގާ ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ޕްރޮގްރާމުގެ ދަށުން ހދ.ނޭކުރެންދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ބަކަރިކޮށީގައި ކޮންޓްރެކްޓް އުސޫލުން 5 (ފަސް އަހަރުދުވަހުގެ މުއްދަތަށް) ބަކަރި ގެންގުޅޭ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)268/268/2016/17) (ތާރީޚު: 18 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 16 ވާ ބުދަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 23 ވާ ބުދަދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
ޝެއަރ |
70% |
|
(Submitted share /Benchmark share) x Allocated Percentage |
ގްރާންޓް |
20% |
|
(Benchmark Grant price / Submitted grant price) x Allocated Percentage |
ތަޖުރިބާ |
10% |
|
(Submitted experience duration /Benchmark experience duration) x Allocated Percentage |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
27 ޖުމާދަލްއޫލާ 1437