މަސައްކަތް
ނަންބަރު: GS113/2016/020
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 17 މާރިޗު 2016 11:30
ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ބައެއް ކްލާސްރޫމުގައި ދޮރުފޮތި ހަދައި ހަރުކޮށްދެއްވާނޭ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަދަރުސާގެ ބައެއް ކްލާސްރޫމުގައި ދޮރުފޮތި ހަދައި ހަރުކޮށްދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 21 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެއީ ކޮންފަރާތަކުން ވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭނެ ލިޔުމެއް އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅާގެ އައި.ޑީ.ކާޑު ގެންނަންވާނެއެވެ.

‏29‏ ޖުމާދަލްއޫލާ‏ 1437

08 މާރިޗު 2016