ދިވެހިރާއްޖެ
އިޢުލާން
- އަންދާސީހިސާބު ބޭނުންވެއްޖެ.
ކޮންޓްރެކްޓް އުސޫލުން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: IUL)338-MS/338/2016/1) އާ ގުޅިގެން އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކ.ގުރައިދޫ ކައުންސިލް އިދާރާ |
17 މާރިޗު 2016 |
ބުރާސްފަތި |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ކ.ގުރައިދޫ ކައުންސިލް އިދާރާ |
24 މާރިޗު 2016 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.