ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅު ހޮސްޕިޓަލުގެ ސްޓާފް ވޭން އަދި އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ
ށ. އަތޮޅު ހޮސްޕިޓަލުގެ ސްޓާފް ވޭން އަދި އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލް ނަންބަރު: IUL)SH-FAH-RM/SH-FAH/2015/36)ފ(17 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:30އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޖުމާދަލްއާޚިރާ 1437