ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 002
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 10 މާރިޗު 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ)

ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ)

ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ރަނގަޅު ފުރުޞަތެކެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން. ނުވަތަ ޑިޕްލޮމާ/ޑިގްރީ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ/ ކޮމްޕިއުޓަރ ސައިންސް ކިޔަވަމުންދާ ފަރާތެއް ކަމުގައިވުން.
  • ސޮޕްޓްވެއަރ ޑިވެލޮޕްްމަންޓް، "PHP" އަދި MySQL އިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
  •  ކުންފުނިން ދެއްވާ ޕްރެކްޓިކަލް ޓެސްޓަކުން ފާސްވުން.

ވަޒީފާގެ ޒިންމާތައް:

  • ޑިޒައިން އަދި "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ގެ މަސައްކަތް ކުރުން
  • "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީގެ މަސައްކަތް ކުރުން
  • ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
  • ކުންފުނީގައި ބޭނުންކުރެވެމެންދާ ޔޫސަރ އިންޓަރފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެ އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 13 ފެބުރުވަރީ 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު 
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސީވީ
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެއްވުމަށް:

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދޭ ފޯމު ހުށަނާޅައި ނުވަތަ ފުރިހަމަނުވާނަމަ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.
07 މާރިޗު 2016