މަސައްކަތް
ނަންބަރު: (IUL)30-C/1/2016/9
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 20 މާރިޗު 2016 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހިންގާ ދިވެހިރާއްޖެއަށް ބާނާ ކަނޑުމަހާއި ކަންނެލީގެ ބައޮލޮޖިކަލް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން، ލ.މާންދޫ މަސްގަންނަ ބަނދަރަށް ލަފާ ދޯނިފަހަރުން ގެންނަ މަހުގެ މަޢުލޫމާތު ނެގުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ބޭނުންވާ އަދަދު: 02

މުއްދަތު: 31 ޑިސެންބަރު 2016 ގެ ނިޔަލަށް (އެގްރީމަންޓް ކުރެވޭ ދުވަހުން ފެށިގެން)

މަސައްކަތް ކުރަންޖެހޭ ވަގުތު:  ހަފުތާއަކު ފަސްދުވަސް

މަސައްކަތުގެ އުޖޫރަ: މަހަކު -/2000 (ދެހާސް ރުފިޔާ)  ފައިސާ ދެވޭނީ ހިސާބުތައް ނެގުމަށްފަހު ފޯމުތައް މެރިން ރިސަރޗް ސެންޓަރަށް ލިބުމުން. ފައިސާ ޖަމާކުރެވޭނީ މަސައްކަތްކުރާ ފަރާތުގެ އެކައުންޓަށް.

ހުށަހަޅަންޖެހޭ ތަކެތި: މަސައްކަތަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތައް

             ވަޒީފާއެއްގައި އުޅޭ މުވައްޒަފެއް މި މަސައްކަތަށް ކުރިމަތިލާނަމަ ކުންފުނީގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 20 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 2242-332 އަށް ގުޅުއްވުން އެދެމެވެ.

08 މާރިޗު 2016