ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2016/62
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 13 މާރިޗު 2016 15:10
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ (މެކޭނިކަލް)

ވަޒީފާގެ ދާއިރާ:       

ރީޖަނަލް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/10,150ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

  1. މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ/ޑިޕްލޮމާ  ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ރީޖަނަލް ރަށްތަކުގެ އިންޖީނުތަކުގެ މެއިންޓަނަންސްގެ މަސައްކަތް ޝެޑިއުލް ކުރުމާއި، މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިންޖީނުތަކަށް ބޭނުންވާ ސްޕެއަރޕާޓްސްއާއި ޓޫލްސް ފަދަ ތަކެތި ހޯދުމަށް މަސައްކަތްކުރުން.
  • އިންޖީނުތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުމުގެ މަސައްކަތްކުރުން.
  • އަލަށް ގެންނަ އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ކ.ތިލަފުށީ އިންޖީނުގެ

ބޭނުންވާ އަދަދު:       

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740ރ. އާއި -/12,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ނޯޓު: މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓުފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުގޭގައި ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓުތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

13 މާރިޗު 2016 ދުވަހުގެ 15:00 ގެ ކުރިން

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސްދުވަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވައި ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 2016 މާރިޗު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016