ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން އދ.މަންދޫ އިންޖީނުގެއާ ހަވާލުވުމުގެ މަސައްކަތްތައް ކުރެވެމުންދާތީ މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުން ވެއްޖެއެވެ.
|
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމު: |
އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ |
|
ވަޒީފާގެ ދާއިރާ: |
އދ.މަންދޫ އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
01 |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/7,000ރ. އާއި -/15,000ރ. އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
|
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
އިންޖީނުގޭގެ އެންމެ އިސްމީހެއްގެ ގޮތުން ކުންފުނީގެ ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޖީނުގެ ހިންގުމުގެ ޒިންމާ އަދާކުރުން. މިގޮތުން ފައިސާގެ މުޢާމަލާތުތައް ހިނގާ ނުހިގާ ގޮތް ބެލުމާއި، ތިޖޫރީ ބެލެހެއްޓުމާއި، ކަސްޓަމަރުންނަށް ކަރަންޓް ދިނުމާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިންޖީނުތަކަށް ބޭނުންވާ ތެލާއި ސްޕެއަރ ޕާޓްސް ހޯދައި ބެލެހެއްޓުމާއި އިންޖީނުގެއިން ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ގަވާއިދުން ޑިޕާޓްމަންޓުތަކަށް ފޮނުވުން. |
|
މަޤާމު: |
އޮފީސް އެސިސްޓެންޓް |
|
ވަޒީފާގެ ދާއިރާ: |
އދ.މަންދޫ އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
01 |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ: |
-/4,900ރ. އާއި -/8,000ރ. އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
|
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓުގެ ޚިދުމަތް ދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލު ހެދުމާއި، ބިލު ޙަވާލު ކުރުން، އަދި ފައިސާ ބަލައިގަތުމާއި ރިޕޯޓުތައް ތައްޔާރުކުރުން. |
|
މަޤާމު: |
އިންޖީން އޮޕަރޭޓަރ |
|
ވަޒީފާގެ ދާއިރާ: |
އދ.މަންދޫ އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
05 |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/4,900ރ. އާއި -/10,000ރ. އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
|
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުގޭގައި ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓްތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން. |
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު: |
10 މާރިޗު 2016 ދުވަހުގެ 15:00 ގެ ކުރިން |
|
މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓުފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސްދުވަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ނުވަތަ އދ.މަންދޫ ކައުންސިލްގެ އިދާރާއަށް 10 މާރިޗު 2016 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 23 ޖުމާދަލްއޫލާ 1437 |
|