ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2016/08
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:35
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

މިއެސޯސިއޭޝަންގެ އިޢުލާން BAM/IUL/2016/05 ފ14 ފެބުރުވަރީ 2016 އަދި އިޢުލާން BAM/IUL/2016/06 ފ26 ފެބުރުވަރީ 2016 ގައި އިޢުލާން ކޮށްފައިވާ މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ އަދި އައު ދައުރަކަށް އިންތިޚާބުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު ބޯޅަގޭގެ ސެމިނަރރޫމުގައި 16 މާރިޗު 2016 ވަނަ ދުވަހުގެރޭ 20:30 ގައެވެެ.

މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި 24 ފެބުރުވަރީ 2016 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2016 ވަނަ އަހަރުގެ 2 ވަނަ ޖަލްސާގައި 03 މާރިޗު 2016 ވަނަ ދުވަހުގެ 16:00 ގެ ފަހުން މިއެސޯސިއޭޝަންގެ އައު މެމްބަރޝިޕް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމާއި، އަދި 03 މާރިޗު 2016 އާ ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ. ވީމާ، މެމްބަރުން، 2016 ވަނަ އަހަރުގެ މެމްބަރޝިޕްކާޑު އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އަދި މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް/ޖަމްޢިއްޔާތަކާއި އަމިއްލަ މެމްބަރުން 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 2016 ވަނަ އަހަރަށް މެމްބަރޝިޕް ކާޑު އައުކުރުމަށް ވެސް ދަންނަވަމެވެ.

ކްލަބް އަދި ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ކްލަބް އަދި ބީޑީސީ ތަމްސީލުކޮށް ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު، ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އެންމެހައި މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

29 ފެބުރުވަރީ 2016