ދިވެހިރާއްޖެ
އިޢުލާން
މަސްވެރިންގެ ދުވަހާއި ގުޅިގެން ކެލާކައުންސިލުންބާއްވާ މަސްރޭހާއި، އަދި މުޅިރާއްޖެއަށް ހުޅުވައިލައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑު އޯޝަން ރިސޯސަސްބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މަސްވެރިންގެ ދުވަހާއި ގުޅިގެން ކެލާކައުންސިލުން ކެލާގައި ދިރިއުޅޭ ކެލާގެ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުމަން ހަމަޖެހިފައިވާ މަސްރޭހާއި މިނިސްޓްރީ އޮފް ފިޝަރީޒް އެގުރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން މުޅިރާއްޖެއަށް ހުޅުވައިލައިގެން އެއްދުވަހެއްގެ އެއްގަޑީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި މިކައުންސިލުން ވަނީ ބައިވެރިވުމަށް ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 05 ޑިސެންބަރު 2026 ވާ ހޮނިހިރު ދުވަހުގައެވެ.
ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ފުރައި 02 ޑިސެންބަރު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލައް ފޯމު ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ކެލާ ކައުންސިލުން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކެލާކައުންސިލްގެ މަސްރޭހުގެ ވަނަތަކެވެ. މިގޮތުން ކެލާ ކައުންސިލްގެ މަސްރޭހުގެ ވަނަތަކަކީ 1 އެއްވަނަ 2 ދެވަނަ އަދި 3 ތިންވަނަ ހޮވާގޮތަށެވެ. އަދި އެންމެ ބަރުމަސް ބާނާ ޓީމަކަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
އެހެންނަމަވެސް މުޅިރާއްޖެއަށް ހުޅުވައިލައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެގުރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދާ މަސްރޭހުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެ މިސްޓްރީން ކަމުގައި ދަންނަވަމެވެ. ކެލާ ކައުންސިލްގެ މަސްރޭހުގެ ވަނަ ތަކަށް ކަނޑައެޅިފައިވާ އިނާމާއި މިނިސްޓްރީ އޮފް ފިޝަރީޒް
އެގުރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަސްރޭހުގެ ވަނަތަކައް ކަނޑައެޅިފައިވާ ފައިސާގެ އިނާމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
|
މުބާރާތުގެ ވަނަ |
ކެލާ ކައުންސިލްގެ މަސްރޭސް 2026 ގެ އިނާމް |
މިނިސްޓުރީ އޮފް ފިޝަރީޒް އެގުރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މަސްރޭސް އިނާމް |
|
01 ވަނަ |
-/ 10000 ( ދިހަ ހާސް ރުފިޔާ ) |
-/50000 ( ފަންސާސް ހާސްރުފިޔާ ) |
|
02 ވަނަ |
-/ 5000 (ފަސް ހާސް ރުފިޔާ ) |
-/35000 ( ތިރީސް ފަސްހާސް ރުފިޔާ ) |
|
3 ވަނަ |
-/ 3000 ( ތިން ހާސް ރުފިޔާ ) |
-/25000 ( ފަންސަވީސް ހާސް ) |
|
ބަރުމަސް |
/1000 ( އެންހާސް ރުފިޔާ) |
-/7000 ( ހަތްހާސްރުފިޔާ ) |
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކައުންސިލްގެ ރިސެޕްޝަނުން ލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއިއެކު މުބާރާތުގެ ޤަވާއިދު އެއްހީރަސްކޮށްފައިވާނެއެވެ.
ވީމާ، މި މުބާރާތުގެ ބައިވެރި ވުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޖުމާދަލްއާހިރު 1448