|
މަޤާމް
|
އެޑްމިޝަންޝް އެންޑް އައުޓްރީޗް އޮފިސަރ
|
|
މަޤާމުގެ ރޭންކް
|
L7-D5
|
ބޭނުންވާ ޢަދަދު:
|
01
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
މޯލްޑިވުސް މީޑިއާ އިންސްޓިޓިއުޓް
|
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު – ދުވާލަކު 8 ގަޑިއިރު
|
|
އަސާސީ މުސާރަ
|
-/8,300ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,000 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހެލްތު އިންޝުއަރެންސް: ކަނޑައެޅިފައިވާ އުސޫލުން ސްޓާފް ހެލްތު އިންޝުއަރެންސް ހަމަޖެހޭނެއެވެ.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
- ސާނަވީ އިމްތިހާނުން ދަށްވެގެން 5 މާއްދާއިން ސީ ފާސް ލިބިފައިވުމާއެކު 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އިންސްޓިޓިއުޓްގެ ކޯސްތަކާއި، ވޯކްޝޮޕްތަކާއި، ހަރަކާތްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް ރާވައި ހިންގުން؛
- ރަސްމީ ސިޓީތަކާއި، އިޝްތިހާރު ޕޯސްޓަރުތަކާއި، ބްރޯޝަރ އަދި ލީފްލެޓް ފަދަ ތަކެތި ކަމާގުޅޭ ފަރާތްތަކަށާއި، ސްކޫލްތަކަށާއި، ބައިވެރިވާ މުއައްސަސާތަކަށް ފޮނުވުމާއި ބެހުމުގެ އިންތިޒާމު ހަމަޖެއްސުން؛
- އިންސްޓިޓިއުޓްގެ އަރުޝީފުގައި ރައްކާކުރުމަށާއި އިޝްތިހާރުކުރުމުގެ ބޭނުމަށް، ކުރިއަށްދާ ކްލާސްތަކާއި، ވޯކްޝޮޕްތަކާއި، ދަރިވަރުންގެ ހަރަކާތްތަކުގެ ފޮޓޯ ނެގުން.
- އިންސްޓިޓިއުޓަށް ޒިޔާރަތްކުރާ ލެކްޗަރަރުންނާއި، ޓްރޭނަރުންނާއި، ލެކްޗަރަރއިން އަދި ކޯސްތަކާ ގުޅޭ މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަރުޙަބާ ކިޔައި އެހީތެރިކަން ފޯރުކޮށްދިނުން؛
- ކޯސްތަކާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ކޯސްތަކަށް ވަނުމުގެ ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަންތައް ބަލައިގަނެ ދަރިވަރުން ރަޖިސްޓްރީކުރުމުގެ މަރުޙަލާތައް ފުރިހަމަކުރުން؛
- ދަރިވަރުންގެ ހާޒިރީއާއި، ކޯހުގައި ބައިވެރިވެފައިވާ ޙާލަތާއި، ކޯސް ފުރިހަމަކުރި ގޮތް އަދި ސެޓްފިކެޓް ދޫކުރެވުނު ގޮތުގެ މަޢުލޫމާތު ހިމެނޭހެން ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން؛
- ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވުން؛
- ދަރިވަރުންގެ ކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި، އެޑްމިޝަން ފައިލްތަކާއި، ތަމްރީނު ހަރަކާތްތަކުގެ ރެކޯޑުތައް ތަރުތީބުކޮށް، ޑިޖިޓައިޒްކޮށް އަރުޝީފުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
- ލެކްޗަރަރުންނާއި ޓްރޭނަރުންނާ މަޝްވަރާކޮށްގެން ކްލާސް ޓައިމްޓޭބަލްތަކާއި، ތަމްރީނު ޝެޑިއުލްތައް ތައްޔާރުކޮށް، ކްލާސްރޫމްތައް ހަމަޖައްސައި، ކަމާބެހޭ ފަރާތްތަކަށް އެންގުން؛
- ބޭނުންވެއްޖެ ޙާލަތްތަކުގައި ވަކިވަކި ތަމްރީނު ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ ކޯސް ކޯޑިނޭޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވެ، ކޯސްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުން؛
- މެނޭޖްމަންޓަށާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށްޓަކައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދާއި، ކޯސް ނިންމާ ނިސްބަތާއި، ބައިވެރިންގެ ތަފްޞީލު ހިމެނޭހެން އިންސްޓިޓިއުޓްގެ ތަފާސްހިސާބުތައް އެއްކޮށް، ކަށަވަރުކޮށް ރިޕޯޓު ތައްޔާރުކުރުން؛
- އޮފީހުގެ ޢާންމު އިދާރީ މަސައްކަތްތައް ކުރުމާއި، އިންސްޓިޓިއުޓުން ބާއްވާ ޚާއްޞަ ޙަފްލާތަކާއި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
- ޕާސްޕޯޓް ސައިޒްގެ ފޮޓޯ ( 4 މަސް ނުވާ )
|
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ މީހުން ޝޯޓްލިސްޓްކޮށް، އެމީހުންނަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ މީހެކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
|
ސުންގަޑި
|
މަޤާމަށް އެދިލައްވާ ފަރާތްތަކުން 01 ޑިސެމްބަރު 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3000228، 3000207, އާއި ގުޅުއްވުން އެދެމެވެ.
|