މުބާރާތް
ނަންބަރު: (IUL)416-ESM&PS/416/2026/116
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:41
ސުންގަޑި: 03 ޑިސެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'މަޑަވެލި ކައުންސިލް މަސްރޭސް 2026' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

           ދިވެހިރާއްޖޭގެ 46 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސް ރޭހެއް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް ބާއްވަން ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުއެވެ.

 

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.

(ހ) 1 ވަނައަށް ހޮވޭ ޓީމަކަށް -/8000ރ (އަށްހާސް ރުފިޔާ)

(ށ) 2 ވަނައަށް ހޮވޭ ޓީމަކަށް -/5000ރ (ފަސްހާސް ރުފިޔާ)

(ނ) 3 ވަނައަށް ހޮވޭ ޓީމަކަށް -/3000ރ  (ތިންހާސް ރުފިޔާ)

(ރ) އެންމެ ބަރުމަސް ބޭނި ޓީމަކަށް -/500ރ (ފައްސަތޭކަ ރުފިޔާ)

(ބ) މުބާރާތުގެ އެންމެ ޒުވާން މަސްވެރިޔާ 500ރ (ފައްސަތޭކަ ރުފިޔާ)

               

           ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް 03 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ  މިއިދާރާގެ އީމެއިލް: [email protected] އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްކަރުދާސް ކޮށްފައިވާނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ނޮވެންބަރު 2026