މުބާރާތް
ނަންބަރު: (IUL)250/250/2026/53
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 29 ނޮވެންބަރު 2026 14:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2026 އާއި ގުޅޭ

ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އަށަގެންނެވުމާއެކު، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމުގެ މަގުސަދުގައި، ހއ.އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން (ރަސްތަރި)ގެ ނަމުގައި ކުރިޔަށް ގެންދާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ރަށްތަކަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 24 އިން 27 ގެ ނިޔަލަށް ހއ. އިހަވަންދޫގައެވެ.

ވީމާ، މިކައުންސިލްގެ ފަރާތުން މި މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، 6500039 ނުވަތަ 7722121 ނަންބަރަށް ގުޅުއްވާ ނަން ނޯޓުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2026