ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-PIS1/1/2016/42
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:59
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ - ހުޅުލެ ބްރިޖް މަޝްރޫއާގުޅޭ

އިޢުލާން

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާ ހަމަޔަށްވާ ސަރަޙައްދު ވަނީ ޓެމްޕޮރަރީ ސައިޓުގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެވިފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރުމުގައި މާލޭ އިރުމަތީފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާ ދެމެދު ކަނޑުގެ ސަރަޙައްދުގައި ބޮޑެތި ބޯޓު އަދި އެހެނިހެން ބަރު އާލާތްތައް ބޭނުންކުރުމަށް ހަމަޖެހިފައެވެ. މިގޮތުން ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ފެންނާތީއާއި އެ ސަރަޙައްދަށް އެރިއުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑެތި ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި 2016 މާރިޗު 3 އިން ފެށިގެން މަޝްރޫޢުގެ މަސައްކަތް ނިމެންދެން އެ ސަޙައްދުގެ މޫދަށް އެރިއުޅުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި ދަންނަވަމެވެ. ރާޅާއަޅާ ސަރަޙައްދުގެ ބޭނުންކުރައްވާ ބޭފުޅުންގެ ހަރަކާތްތައް ހިންގުމަށް ގޮތްތަކެއް ހަމަޖައްސައިދިނުމަށް މި މިނިސްޓްރީން މަސައްކަތް ކުރާނަމެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016