ތަމްރީނު
ނަންބަރު: (IUL)PSM-HR/PSM/2026/257
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 18:26
ސުންގަޑި: 05 ޑިސެންބަރު 2026 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމް މަލްޓި-ޕްލެޓްފޯމް މީޑިއާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026

ޕީއެސްއެމް މަލްޓި-ޕްލެޓްފޯމް މީޑިއާ އެޕްރެންޓިސްޝިޕް 2026

މީޑިއާ އަދި ބްރޯޑްކާސްޓިންގ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ، ސްކޫލް ނިންމާފައިވާ ޒުވާނުންނަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް އަމާޒުކޮށްގެން، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ގުޅިގެން ހިންގާ "ޕީއެސްއެމް މަލްޓި-ޕްލެޓްފޯމް މީޑިއާ އެޕްރެންޓިސްޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު:

15

މުއްދަތު:

3 (ތިނެއް) މަސްދުވަސް

މަސައްކަތްކުރަން ޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)، މާލެ

އެލަވަންސް:

މަހަކު -/6،000 (ހަހާސް) ރުފިޔާ (ތަމްރީނު މުއްދަތުގައި)

ފުރުޞަތު އޮތް ދާއިރާތައް:

- ނިއުސް އެންޑް ކަރަންޓް އެފެއާރޒް (ނޫސްވެރިކަން)

- ޓީވީ ޕްރޮޑަކްޝަން

- ރޭޑިއޯ ޕްރޮޑަކްޝަން

ޕްރޮގްރާމްގެ މައުލޫމާތު:

  1. ޕީއެސްއެމްގެ ސްޓޫޑިއޯތަކުގައި، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު.
  2. ޕްރޮފެޝަނަލް ޕޯޓްފޯލިއޯއެއް ބިނާކުރުމުގެ ފުރުޞަތު.
  3. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ މީހުންނަށް ޕީއެސްއެމްގައި ކޮންޓްރެކްޓް އުޝޫލުން 1 (އެކެއް) އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުޞަތު އޮންނާނެއެވެ. (ރަނގަޅު ނަމަ އިތުރު ކުރެވޭނެ)

ޝަރުތު:

  • ޖީސީއީ އޯލެވެލް ހަދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެދޭ މީހާގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައި).
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން. (ލިބިފައިވާ ނަމަ).
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ).
  • ޕާސްޕޯޓް ސައިޒްގެ ފޮޓޯ.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • އެޕްރެންޓިސްޝިޕައް ކުރިމަތިލާ މީހުން، ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ މީހުން ޝޯޓްލިސްޓްކޮށް، މީހުންނަށް،އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • އެޕްރެންޓްސްޝިޕައް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ، އެންމެ މަތިން މާކްސް ލިބޭ މީހުންނަށެވެ.

ސުންގަޑި

މަޤާމަށް އެދޭ މީހުން 05 ޑިސެމްބަރ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑްކުރުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުން އެދެމެވެ.

24 ނޮވެންބަރު 2026