ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2026/26
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:43
ސުންގަޑި: 26 ނޮވެންބަރު 2026 14:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް 9 ޑިސެންބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައިވޯޓުދިނުމުގެ ޙައްޤު، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ. (ލިންކް:https://maldivesbarcouncil.org/membership-roll/)

 

މި ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

ޝަކުވާ ފޯމުގެ ލިންކް: https://forms.gle/j5dsYmMBw1K5Uwh9A

24 ނޮވެންބަރު 2026