ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-89/IUL/2016/10
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 15 މާރިޗު 2016 12:00
ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު (ދާއިމީ)

މަޤާމުގެ ރޭންކް: SS 1

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތް:

ހަމަޖެހިފައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވޭ ޢިނާޔަތްތައް.

މަޤާމު އޮތް އޮފީސް:

ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ ސެކްޝަން

މަޤާމުގެ ނަންބަރު:

188-D/22/2016/9

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

1. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ،  ދުވާލަކު  އެއްފަހަރު މޮޕްލައި  ސާފުކުރުން.

2. ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުގެ ކުނިނަގައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.

3. ސްކޫލުގެ އޮފީސް، ސްޓާފްރޫމް، ލައިބްރަރީ، ސައިންސް ލެބް، ކުލާސްރޫމް، ފާޚާނާތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.

4. ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.

5. ހަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުމާއި، ފެންފޮތި ލައި ސާފުކުރަންޖެހޭ ތަންތަން އެގޮތަށް ސާފުކުރުން (ބިއްލޫރި ސާފުކުރަންވާނީ، ސާފުކުރަން ބޭނުންކުރާ ކެމިކަލް ބޭނުންކޮށްގެންނެވެ.)

6. ޑިއުޓީގައި ސުޕަވައިޒަރުން އަންގަވާ ކަންތައް ކުރުން.

7. ރަސްމީ ގަޑީގެ އިތުރުންވެސް، ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަންގައިފިނަމަ، ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.

8. ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި އެތަކެއްޗަށް ގެއްލުމެއްނުދީ ބެލެހެއްޓުން.

9. ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މަޢުލޫމާތު އޮފީހަށް ދިނުން.

10. ހޯލުގައި ހުންނަ ތަކެތި އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

11. މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލުން ކުރުން.

12. ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ހަރަކާތެއްގައި ބައިވެރިވެ ހަރަކާތްތެރިވާން އެންގިއްޖެނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައިގެން ހުއްދަ ހޯދުމުން ނޫނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުން.

13. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިޔު ކޮށްގެން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓުން  ޑައުންލޯޑް  ކުރެވޭނެއެވެ.  އަދި  މި  ސްކޫލުގެ އިދާރާއިން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަސްލު)
  3. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަސްލު)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު، މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  7. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕާއި ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.
  8. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނެ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ)

ސުންގަޑި:

2016 މާރިޗު 15 ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގެ ކުރިން ނޮޅިވަރަންފަރު ސްކޫލުގެ އޮފީހުގެ އިދާރާއަށް.

އިންޓަވިޔު އޮންނާނެ ތަން:

ނޮޅިވަރަންފަރު ސްކޫލުގައި 

އިންޓަވިޔު އޮންނާނެ ތާރީޚު:

16 މާރިޗު 2016 އާއި 21 މާރިޗު 2016 އާ ދެމެދުގައި.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520535 ނަންބަރު ފޯނަށެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016