ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން އދ. ދަނގެތީ އިންޖީނުގެއާ ހަވާލުވުމުގެ މަސައްކަތްތައް ކުރަމުންދާތީ މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުން ވެއްޖެއެވެ.
|
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމު: |
އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ |
|
ވަޒީފާގެ ދާއިރާ: |
އދ.ދަނގެތި އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
01 |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/7،000ރ. އާއި -/15,000ރ. އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ދާއިރާގެ މައިގަޑު މަސައްކަތް: |
އިންޖީނުގޭގެ އެންމެ އިސްމީހެއްގެ ގޮތުން ކުންފުނީގެ ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޖީނުގެ ހިންގުމުގެ ޒިންމާ އަދާކުރުން. މިގޮތުން ފައިސާގެ މުޢާމަލާތުތައް ހިނގާނުހިގާ ގޮތް ބެލުމާއި، ތިޖޫރީ ބެލެހެއްޓުމާއި، ކަސްޓަމަރުންނަށް ކަރަންޓް ދިނުމާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިންޖީނުގެއަށް ބޭނުންވާ ތެލާއި ސްޕެއަރ ޕާރޓްސް ހޯދައި ބެލެހެއްޓުމާއި އިންޖީނުގެއިން ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ގަވާއިދުން ޑިޕާޓްމަންޓުތަކަށް ފޮނުވުން. |
|
މަޤާމު: |
އޮފީސް އެސިސްޓެންޓް |
|
ވަޒީފާގެ ދާއިރާ: |
އދ. ދަނގެތި އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
01 |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/4900ރ. އާއި -/8000ރ. އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ މަސައްކަތާގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓު (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4) ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއްކަމުގައިވުން. |
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓުގެ ޚިދުމަތް ދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލު ހެދުމާއި، ބިލު ހަވާލު ކުރުން، އަދި ފައިސާ ބަލައިގަތުމާއި ރިޕޯޓުތައް ތައްޔާރުކުރުން. |
|
މަޤާމު: |
އިންޖީން އޮޕަރޭޓަރ |
|
ވަޒީފާގެ ދާއިރާ: |
އދ. ދަނގެތި އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
05 |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/4900ރ. އާއި -/10,000ރ. އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ؛ ވެލްޑިންގ ދާއިރާއިން ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ 4 ހާސިލުކޮށްފައިވުން. |
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓުތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން. |
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު: |
2016 މާރިޗު 10 ދުވަހުގެ 15:00 ގެ ކުރިން |
|
މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓުފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ނުވަތަ އދ.ދަނގެތީ ކައުންސިލްގެ އިދާރާއަށް 2016 މާރިޗު 10 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 23 ޖުމާދަލްއޫލާ 1437 |
|