ދިވެހިރާއްޖެ
ސަރކިއުލަރ
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު ހިނގަމުން މިދާ މާރިޗު މަހުގެ ނިޔަލަށް ހަމަވުން
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަވަންވާނެއެވެ. ވުމާއެކު ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ހިނގަމުން މިދާ މާރިޗު މަހުގެ ނިޔަލަށް 2016 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މި މުއްދަތު ފާއިތުވުމަށްފަހު އަހަރީ ފީގެ ފައިސާ ދައްކާ ތާރީޚާ ހަމައަށް ފާއިތުވާ ކޮންމެ ދުވަހަކަށް -/2000 (ދެހާސް) ރުފިޔާގެ ޖޫރިމަނާއެއް އިތުރުވަމުންދާނެއެވެ.
އަދި ދަންނަވަމެވެ. ކޮމިޝަނުގެ ނަންބަރު : (IUL)427-LCM/1/2014/57 (08 އޮކްޓޫބަރު 2014)ގައި ވާގޮތުގެ މަތީން 2015 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާގެ ފައިސާ 31 މާރިޗު 2016 ގެ ނިޔަލަށް ދެއްކުމަށް ވާނީ ފުރުޞަތު ދީފައެވެ. ވީމާ، މި ޖޫރިމަނާގެ ފައިސާ މި ތާރީޚުގެ ނިޔަލަށް ދައްކައިފައި ނުވާނަމަ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭނެކަންވެސް އަންގަމެވެ.